ENGLISH
10 އޭޕްރީލު 2025
ފަޅުގައި އަޅާފައި ހުންނަ އޮޑިފަހަރުގައި ފަޅުވެރިން ބައިތިއްބަން އަންގައިފި
23 މާރިޗު 2025
|
މާލޭ ބަނދަރު ސަރަހައްދު، ފޮޓޯ: ޕީއެސްއެމް
އޮޑިފަހަަރު ފަޅުގައި ބަހައްޓާފައި ހުންނަ ވަގުތުތަކުގައިވެސް އެ އޮޑިފަހަރުގައި އެކަށީގެންވާ މިންވަރަށް ފަޅުވެރިން ބޭތިއްބުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގަައިފިއެވެ.
ފާއިތުވި އަންގާރަދުވަހު އެ މިނިސްޓްރީން ނެރުނު އިއުލާނެއްގަައި ބުނެފައިވަނީ ފަޅުގައި ހުންނަ އުޅަނދުފަހަރުގައި ފަޅުވެރިން ނެތި ހުހަށް ދޫކޮށްލާފައި ހުއްޓައި ހިތާމަވެރި ހާދިސާތައް ހިނގާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން ބައެއް ފަހަރަށް ފަޅުތެރެއާއި ކަނޑުގެ ސަރަހައްދުގައި ނަގިލި އެޅުމަށްފަހު އުޅަނދުފަހަރު ބަލަހައްޓަން ފަޅުވެރިން ނުބައިތިއްބާ، އުޅަނދު ދޫކޮށްލުމުން، ނުރައްކާތެރި ހާދިސާތައް ހިނގައި މީހުންގެ މުދަލަށް ބޮޑެތި ގެއްލުން ލިބިފައިހުރިކަން ފާހަގަކުރެވިފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ކަނޑު އުޅަނދުފަހަރު ނަގިލި އަޅާފައި ނުވަތަ ފަޅުގަައި ބަނދަރުކޮށްފއި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށް އެކަށީގެންވާ އަދަދަކަށް ފަޅުވެރިން ބޭތިއްބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ނަގިލި ލާފައިވާ ނުވަތަ ފަޅުގަައި އަޅާފައި އޮތް އުޅަނދެއްގަައި ފަޅުވެރިން ނެތްނަ، 'ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު'ގެ ދަށުން އެ އުޅަނދުގެ ވެރިފަރާތް، 1،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމުގައިވެސް މިނިސްޓްރީން ބުނެފައިވެއެވެ.