ENGLISH

10 އޭޕްރީލު 2025

Advertisement

ދިވެހިރާއްޖޭގައި ދަނޑުވެރިކަން ބިނާވެފައިވަނީ ވާރެއަށާއި ފެންފަށަލައަށް: ވަޒީރު

23 މާރިޗު 2025

|

އައިޝަތު ނަޖާ

ދިވެހިރާއްޖޭގެ ދަނޑުވެރިކަން ބިނާވެފައި އޮންނަނީ ވާރެއަށާއި، ބިމުގެ ފެންފަށަލައަށް ކަމަށްވާއިރު، ދުނިޔޭގެ ގްލޭސިޔަރތައް (ގަނޑުފެންފަށަލަ) ވިރެމުންދާއިރު، އަޅުގަނޑުމެންގެ ރަށްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ ދުނިޔޭގެ ފެނުގެ ދުވަހާއި ގުޅިގެން އެކަމަނާ ގެ ފޭސްބުކް ގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ވަޒީރު ވިދާޅުވީ ދުނިޔޭގެ ގްލޭސިޔަރތައް ވިރެމުންދާއިރު، ރަށްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާކަމަށާއި މޫސުމަށް ވެސް ބަދަލު އައިސް ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުން ދާކަމަށެވެ.

"މޫސުމަށް އަންނަ ބަދަލުތަކާއި އެކު ވާރޭވެހޭ މޫސުމަށްވެސް ބަދަލު އައިސް، ދިވެހިރާއްޖޭގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އެބަދޭ." - ވަޒީރު ޑރ.މަރިޔަމް މާރިޔާ

ދިވެހިރާއްޖޭގައި ދަނޑުވެރިކަން ބިނާވެފައިވަނީ ވާރެއަށާއި ފެންފަށަލައަށްކަން ފާހަގަކުރައްވާ ވަޒީރު އިތުރަށް ފާހަގަކުރެއްވީ ގްލޭސިޔަރތައް ވިރުމުގެ ސަބަބުތަކެވެ.

"ވާރޭވެހޭ މިންވަރާއި މޫސުމަށް ބަދަލު އަންނަނީ، ލޮނުފެން އިތުރުވެ، ބިމުގެ ފެންފަށަލައަށް ލޮނުގެ މިންވަރު އިތުރުވަނީ،ގަސްގަހާގެއްސަށް ބޭނުންވާ މޫސުމީ ބަދަލުތަކަށް ބުރޫއަރަނީ" - ވަޒީރު ޑރ.މަރިޔަމް މާރިޔާ

ދަނޑުވެރިކަމަށް ބަރޯސާވާ އާބާދީއަށް މި ބަދަލުތަކުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަމަށާއި، ދިވެހިންގެ ކާނާގެ ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި ދުނިޔޭގެ ގްލޭސިޔަރތައް ރައްކާތެރިކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެކަމަނާ އިތުރަށްވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހުގައި، އަޅުގަނޑުމެން ހަނދާންކުރަންޖެހެނީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ގުޅިފައިވަނީ ދުނިޔޭގެ ގްލޭސިޔަރތަކާއިކަމަށާއި، އެއްވެސް ބަޔަކު މިކަމުން އިސްތިސްނާއެއް ނުވާނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު