ENGLISH
10 އޭޕްރީލު 2025
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލުގެ އަގުން 48 ލާރި ހެޔޮކޮށްފި
23 މާރިޗު 2025
|
އެފްއެސްއެމް ޕެޓްރޯލް ޝެޑެއް- ފޮޓޯ: ޕީއެސްއެމް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލުގެ އަގު ހެޔޮކޮށްފިއެވެ.
މީޑިޔާ ގްރޫޕްތަކަށް ފޮނުވި މެސެޖެއްގައި އެސްޓޯއޯ އިން ބުނީ ކުރިން 13.98 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު 13.50 އަށް ލިބެން ހުންނާނެ ކަމަށެވެ.
އެހެންކަމުން ޕެޓްރޯލްގެ އަގަށް ގެނައި ބަދަލާއެކު މިހާރު ޕެޓްރޯލް ލީޓަރަކުން 48 ލާރި ވަނީ ހެޔޮކޮށްފައެވެ. މިއީ ޕެޓްރޯލުގެ އަގު މި އަހަރު އެސްޓޯއޯ އިން ހެޔޮކުރި ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން އެސްޓީއޯ އިން ވިއްކާ ޕެޓްރޯލުގެ އަގަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. ޕެޓްރޯލްގެ އަގު ހެޔޮ ކުރި ނަމަވެސް ޑީސަލްގެ އަގަށް އަދި ބަދަލު ގެނެސްފައިނުވެއެވެ.