ENGLISH
10 އޭޕްރީލު 2025
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ޕާކިސްތާނުގެ ޚާރިޖީ ވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
23 މާރިޗު 2025
|
ޕާކިސްތާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ޚާރިޖީ ވަޒީރު މުޙައްމަދު އިޝާޤް ދާރ އަށް ޑރ. އަބްދުﷲ ޚަލީލް ތަހުނިޔާ ފޮނުވައިފިއެވެ.
ޚާރިޖީ ވަޒީރު ޚަލީލުގެ މެސެޖުގައި ވަނީ، ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ޕާކިސްތާނުގެ ޙާރިޖީ ވަޒީރާއި ޕާކިސްތާންގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކޮަށްފައެވެ.
މީގެއިތުރުން ވަޒީރުގެ މެސެޖުގައި، ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙްތިރާމާއި ދެ ޤައުމުން ހިއްސާކުރާ ރަނގަޅު ސިފަތަކުގެ މައްޗަށްކަމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ފާކިސްތާނުން ދެމުންގެންދާ އެހީ އާއި އެއްބާރުލުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކޮށްފައިވެއެވެ.
މެސެޖު ނިންމާލަމުން ވަޒީރު ވަނީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި ޕާކިސްތާންގެ ރައްޔިތުންނަށް ސުލްހަ އާއި އުފާފާގަތިކަމަށް އެދިފައެވެ.