ENGLISH

10 އޭޕްރީލު 2025

Advertisement

އިޙްސާން އަވަހާރަވުމަކީ ދިވެހި ކުޅިވަރަށް ލިބުނު ހުސްކަމެއް: ރައީސް

23 މާރިޗު 2025

|

އަޙުމަދު ޙަމީދު

ސާންތި ކޯޗް: މިރޭ ވަނީ އަވަހާރަވެފައި

މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ކެންސަރުގެ އާލާސްކަންފުޅުގައި އިޙްސާން މިރޭ ވަނީ ނިޔާވެފަ އެވެ.

‏އިޙްސާން އަވަހާރަވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހްސާން އަކީ ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

‏ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށާއި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ރައީސް ވަނީ ތަޢުޒިޔާ ދަންނަވާފަ އެވެ.

‏އަދި މަރުޙޫމް އިޙްސާން ޢަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، މާތްﷲގެ ތަނަވަސްވެގެންވާ ނިޢުމަތާ މަޣްފިރަތުގައި އަބަދުމެ ލެއްވުން އެދި ދުޢާ ކުރައްވާފައިވެ އެވެ.

ސާންތި އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކޯޗެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކޮށްފައިވެ އެވެ.

އެންމެ ފަހުން ހުންނެވީ ޔުނައިޑެޓް ވިކްޓްރީގެ ކޯޗަކަށެވެ. ކުލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނެވި އެވެ. އެ ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވައި ދެއްވި އެވެ.

އެންމެނާ ވެސް ވަރަށް ގުޅޭ ސާންތި ކޯޗަކީ ފުޓްބޯޅަ އާއިލާގެ ވަރަށް ބޮޑު ލޯތްބަކާ އިޙްތިރާމެއް އޮތް ބޭފުޅެކެވެ.

ސާންތި ނިޔާވުމާއި ގުޅިގެން ފުޓްބޯޅަ އާއިލާ އިން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު