ENGLISH
10 އޭޕްރީލު 2025
ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދި މައްސަލަ: އިމިގްރޭޝަންގެ ތިން އޮފިސަރުން ބަންދު
23 މާރިޗު 2025
|
ފުލުހުންގެ އިދާރާ
ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރު ކުރި އިމިގްރޭޝަންގެ މުވައްޒަފުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ފުލުހުން ދެންމެ ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒިފުން މަޤާމު ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މި މަހުގެ 20 ވަަނަ ދުވަހުގެ ރޭ ހައްޔަރު ކުރި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމާމެދު ކޯޓަށް ހާޒިރު ކުރުމުން ބަންދަށް މުއްދަތު ދީފައިވާ ކަމަށެވެ.
ދެ މީހެއްގެ ބަންދަށް 10 ދުވަަސް ވަނީ ޖަހާފަ އެވެ. އަނެއް މީހާގެ ބަންދަށް ދިނީ ތިން ދުވަހެވެ.
މި މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
މި މައްސަލާގައި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަޙީދު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި މިރޭ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.