ENGLISH

10 އޭޕްރީލު 2025

Advertisement

ކުރީގެ ކޮންޓްރޯލާ ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފި

22 މާރިޗު 2025

|

އަޙުމަދު ޙަމީދު

ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް އިމިގްރޭޝަން

ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަޙީދުގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ޝަމްއާން ހައްޔަރު ކުރީ ރޭގެ ވަގުތެެއްގަ އެވެ. ފުލުހުން ދެންމެ ބުނީ ޝަމްއާންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ޝަމްޢާން ހައްޔަރުކޮށްފައިވާއިރު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީއަކު ޝަމްޢާން އަންގަވައިގެން ދޫކުރުމަށްފަހު، އޭނާ އަތުލައިގަތް ތަން ބަލައިފާސްކުރި އިމިގްރޭޝަނުގެ އޮފިސަރުން އޭނާއާ މަގުމަތިން ބަައްދަލުކޮށް ފައިސަތަކެއް އަތުލައިގަތް މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވެއެވެ. 

ފުލުހުން ބުނި ގޮތުގައި އެމައްސަލާގައި ޝާމިލުވި އޮފިސަރުން އެ ފައިސާ ނަގައިގެން ޝަމްއާނު ދިރިއުޅުއްވާ ގެއަށް ދިޔަކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވެއެވެ. އަދި ފަހުން ފުލުހުންވަނީ ޝަމްއާން ދިރިއުޅުއްވި ގެ ބަލައި ފާސްކޮށްފައެވެ. 

ޝަމްއާނުގެ ގެ ބަލައި ފާސްކުރިއިރުއިރު އެގެއިން 500،000 އެއްހައި ރުފިޔާވެސް ފުލުހުންވަނީ ހޯދާފައެވެ. 

ރޭ ފުލުހުން މީޑިޔާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ޝަަމްއާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު