ENGLISH

10 އޭޕްރީލު 2025

Advertisement

އާތު އަވާ ރާއްޖޭގައި މިރޭ ފާހަގަކޮށްފި

22 މާރިޗު 2025

|

މުރުޝިދު އަބްދުލް ޙަކީމް

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އާތު އަވާ، ރާއްޖޭގައި މިރޭ ފާހަގަކޮށްފި އެވެ.

އާތު އަވާ ފާހަގަކުރުމަށް މިރޭ ވަނީ ކޮންމެހެން ބޭނުންކުރަންޖެހޭ ލައިޓްތައް ފިޔަވައި އެހެން ހުރިހާ ލައިޓެއް ބައެއް އިމާރާތްތަކުން ނިއްވާލައިފަ އެވެ.

މި ހަރަކާތުގައި އާންމުންނާއި ވިޔަފާރި ކުންފުނިތަކާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފަ އެވެ. އާތު އަވާ ފާހަގަކުރީ މިރޭ 9:45 އިން 10:45 އަށެވެ.

އާތު އަވާ ފާހަގަކުރަނީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުމުގެ ބޭނުމުގަ އެވެ.

އާތު އަވާ އަކީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް ހޭލުންތެރިކުރުވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމަށް ކުރިއަގެންދާ ހަރަކާތެކެވެ. 'އާތު އަވާ' އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ އޮސްޓްރޭލިއާގެ ސިޑްނީގައި 2007 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު