ENGLISH
10 އޭޕްރީލު 2025
ހަތް ކިލޯ ޑްރަގު އެތެރެކުރި މީހުންގެ ތެރެއިން އެއް ދުވަހަށް ބަންދުކުރި މީހުންގެ ބަންދު އިތުރުކޮށްފި
22 މާރިޗު 2025
|
ޑްރަގް މައްސަލާގައި ހައްޔަރުކުރި 10 ބިދޭސީން
ރާއްޖެއަށް ހަތް ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގަ ބަންދުކުރި ދިހަ މީހުންގެ ތެރެއިން އެއް ދުވަހަށް ބަންދުކުރަން އިއްޔެ ކުރިމިނަލް ކޯޓުން އަމުރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
މި މީހުން ހައްޔަރުކުރީ ކަނޑު މަގުން ރާއްޖެއަށް ހަތް ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާއަށް ނިސްބަތްވާ ބަޔަކާއި އިންޑޮނޭޝިޔާއަށް ނިސްބަތްވާ ބައެކެވެ.
އެމީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާއަށް ނިސްބަތްވ ހަތް މީހަކާއި، އިންޑޮނޭޝިޔާއަށް ނިސްބަތްވާ ތިން މީހުންނެވެ.
މި މީހުންގެ ތެރެއިން މުހައްމަދު އިކްބަލް މަކްމުރުއއި އެޑްރިއަންސްއއި ޕްރަބަކަރަނ ނާގަރާޖަން، ޕީޓާ ވިނިއާއި ގަނެޝް ބޮންމަލީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
ސަރަން ޕަދްމަންއާއި ނަސްވަން އަދިލްއާއި ގޮވްސިކް ރާޖް ޖޭމްސް ނޮކްސްއައި ރޯމަން ސަންތިޔާ ފެނާންޑޯ ބަންދުކުރަން ކޯޓުން ނިންމީ އެެއް ދުވަހަށެވެ.
އެއް ދުވަހަށް ބަންދުކުރި މީހުންގެ ބަންދު އަމުރު އިތުރުކުރަން ހާޒިރުކުރުމުން އެކކު ތިން ދުވަހަށް ބަންދުކޮށް ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުންދާ ކަމަށެވެ.