ENGLISH

10 އޭޕްރީލު 2025

Advertisement

މަސްވެރިންނަށް މިއަދު 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފި

22 މާރިޗު 2025

|

ޢަލީ ޝަހީމް

މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވައިދުން ފައިސާ ދޫކުރަމުން އަންނައިރު، މިއަދު 40 ދޯންޏަކަށް 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ. 

މިފްކޯއިން "އެކްސް" ގައި މިއަދު ކުރި ޕޯސްޓުގައި ބުނީ، މަސްވެރިންނަށް މިއަދު ޖަމާކުރީ 3،594،692 (ތިން މިލިއަން ފައްސަތޭކަ ނުވަދިހަ ހަތަރު ހާސް ހަ ސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމަށެވެ. 

މިފްކޯއިން ބުނީ މިއަދު ޖަމާކުރި ފައިސާއަކީ މާރިޗު 20 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ބާނާފައިވާ މަހަށްވާ ފައިސާ ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މިއަދު ޖަމާކުރި ފައިސާގެ އިތުރުން އެހެނިހެން ބޭންކުތައް މެދުވެރިކޮށް ޖަމާކުރަންޖެހޭ ފައިސާ މާރިޗު 27 ވަނަ ދުވަހުގެ 2:30 ގެ ކުރިން ޖަމާވާނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. 

މިފްކޯއިން ވަނީ މި މަހުގެ 18 ވަނަ ދުވަހު ވެސް މަސްވެރިންނަށް ފައިސާ ދޫކޮށްފައެވެ. އެގޮތުން އެދުވަހު ވަނީ 16 ދޯންޏަކަށް 2.8 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ މަސްވެރިންނަށް ގަވާއިދުން ފައިސާ ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އޭރު މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށްފަހު، މިހާރު އަންނަނީ މަސްވެރިންނަށް ގަވައިދުން ފައިސާ ދެމުންނެވެ. 

ސަރުކާރުން 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހަށް ފަހު އެވެ. އޭގެފަހުން ކޮންމެ ދެ ދުވަހަކުން ސަރުކާރުން އަންނަނީ މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު