ENGLISH
10 އޭޕްރީލު 2025
ކުރީ ސަރުކާރުގެ ދުއްތުރާތަކާއެެކު ވެސް އީދަށް މާލެ ދިއްލަން ފެއްޓެވުމަކީ ރައީސް ހޯއްދެވި ކާމިޔާބެއް: ޑެޕިއުޓީ މޭޔަރު
22 މާރިޗު 2025
|
އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
އީދަށް މާލެ ސިޓީ ،ވިލިމާލެ އަދި ހުޅުމާލެގައި ކުލަބޮކި ޖަހާ މުޅި މާލެ އޭރިޔާ ދިއްލަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އެމަނިކުފާނުގެ މޭޔަރުގައި ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެ އެވެ.
އަރީޝް މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އަރީޝް ވިދާޅުވީ އީދަށް މާލެ ސިޓީ އާއި ވިލިމާލެ އަދި ހުޅުމާލެގައި ކުލަބޮކި ޖަހާ މުޅި މާލެ އޭރިޔާ ދިއްލާލުމަކީ މާލެސިޓީގެ މޭޔަރަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު ވަރައް ކުލަގަދަކޮއް ކުރައްވަމުން ގެންދެވި މަސައްކަތެއް ކަމަށެވެ.
އަދި ވިދާޅުވީ އޭރުގެ ސަރުކާރުގެ އުންދަގޫތަކާ ކުރި ދުއްތުރާ ތަކުގެ ތެރޭން ވެސް އެމަނިކުފާނު އެކަން ކާމިޔާބު ކަމާއެކު ކުރެއްވި ކަަމަށެވެ.
"އަނެއްކާވެސް ކުރިއައް މިދަނީ ސަރުކާރުން ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ އިރުޝާދުގެ ދަށުން މިކަން ފަށަން ސިޓީސް މިނިސްޓްރީ އިން ނިކުންތަން," މި އަހަރުގެ ފިތުރު ޢީދަށް މާލެ ދިއްލާލުމުގެ ތައްޔާރީތަކުގެ ފޮޓޯތައް ހިއްސާ ކުރައްވާ އަރީޝް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރައްވާފައިވާކަން ފާހަގަ ކުރައްވާ އަރީޝް ވަނީ އެ މަސައްކަތުގައި ކައުންސިލްގެ އެހީތެރިކަން އޮންނާނެ ކަމުގައި ދަންނަވާފައިވާ ކަމަށެވެ.
މިނިސްޓްރީން ވަނީ، މިހާރު ވަނީ 36 ރަށަކަށް ލައިޓު ފޮނުވުމުގެ މަސައްކަތް ފަށައިފައެވެ. މިދިޔަ ޢީދާ ދިމާކޮށް ދިއްލާލި ރަށްރަށުގެ އިތުރަށް ކޮންމެ އަތޮޅަކުން 2 ރަށް މިފަހަރުގެ ޢީދުގައި ދިއްލަން ނިންމާފައިވެ އެވެ. ރޭ މުޅި މާލޭގައި އީދު ލައިޓު ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މިނިސްޓަރ ވަނީ އީދު ލައިޓު ހަރުކުރަމުންދާ ބައެއް ސަރަހައްދުތަކަށް ޒިޔާރާތް ކުރައްވައި ސައުންޑް ސެޓްއަޕް ތައްޔާރުކުރުމަށް މުވައްޒަފުން ކުރިއަށް ގެންދާ މަސައްކަތްތައް ބައްލަވައިލައްވާފަ އެވެ.
"އީދު އަލި" ހަރަކާތް އެންމެ ފުރަތަމަ މާލޭގައި ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުސްވަރުގައެވެ. އެކަމަށް ލިބުނު ތަރުހީބާއެކު އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވަނީ އެ ހަރަކާތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމަވާފަ އެވެ.