ENGLISH

10 އޭޕްރީލު 2025

Advertisement

މޯލްޑިވިއަންގެ އޭ320 ގެ ދަތުރުތައް އޭޕްރީލް މަހު އައްޑޫއަށް ފަށަނީ

22 މާރިޗު 2025

|

ޢަލީ ޝަހީމް

ގަން އިންޓަނޭޝަނަލް އެއާޕޯޓް. މޯލްޑިވިއަންގެ އޭ320 ގެ ދަތުރުތައް އޭޕްރީލް މަހު ގަމަށް ފަށާނެ

ގައުމީ އެއާލައިން މޯލްޑިވިއަން ފްލީޓުގެ އޭ320 ގެ ދަތުރުތައް އޭޕްރީލް މަހު އައްޑޫ ސިޓީއަށް ފަށަން އެކުންފުނިން ނިންމައިފިއެވެ.

މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓުގައި ބުނީ، އައްޑޫއަށް ދަތުރުތައް ފަށާނީ އޭޕްރީލް 10 ވަނަ ދުވަހު ކަމަށެވެ. 

މާލެއާއި އައްޑޫއާ ދޭތެރޭ ހަފްތާއަކު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއަކުވެސް ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެކުންފުނިން ބުނެފައިވެއެވެ. 

މޯލްޑިވިއަނުން ވަނީ މީގެކުރިން ވެސް އޭ320 ގެ ދަތުރުތައް އައްޑޫއަށް ކޮށްފައެވެ. އަލުން ދަތުރުތައް ފަށަން ނިންމީ ޝެޑިއުލްޑް މެއިންޓެނެންސަށް ދަތުރުތައް މެދުކަނޑާލުމަށް ފަހުއެވެ. 

ދަތުރުތަކަށް އޮތް ޑިމާންޑަށް ބަލައި ކުރިއަށް އޮތި ފިތުރު އީދު ބަންދާ ބަންދުގައި ވެސް މޯލްޑިވިއަނުން ވަނީ ދަތުރުތައް އިތުރުކޮށްފައެވެ. އެގޮތުން މާރިޗު 29 އިން އޭޕްރީލް 5 ވަނަ ދުވަހާ ހަމައަށް، އާއްމުކޮށް ކުރާ ދަތުރުތަކުގެ އިތުރުން، 30 ދަތުރު ކުރުމަށް މޯލްޑިވިއަނުން ވަނީ ނިންމައިފައެވެ. އޭގެތެރެއިން 8 ދަތުރު ކުރާނީ އައްޑޫ ސިޓީ އަށެވެ. 

އީދު ބަންދާ ދިމާކޮށް ސީޕްލޭންގެ އިތުރު ދަތުރުތައް ވެސް ކުރަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. އެގޮތުން ބ. ފެހެންދޫއާއި ބ. ފުޅަދޫއަށް އީދުތެރޭގައި ސީޕްލޭންގެ ދަތުރުތައް އެކުންފުނިން ކުރާނެއެވެ. 

މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް އުދުހޭ މަންޒިލްތައް ގިނަކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ބައިނަލްއަގްވާމީ ދަތުރުތައް ގިނަކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ އޭ330 މަރުކާރުގެ ވައިޑް ބޮޑީ ބޯޓެއް ގެނެސް ދަތުރުތައް ފަށައިފައެވެ. ވައިޑް ބޮޑީ އިތުރު ބޯޓެއް މިއަހަރު ގެންނަން ސަރުކާރުން ވަނީ ނިންމައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު