ENGLISH

13 އޭޕްރީލު 2025

Advertisement

ދެމެހެއްޓެނިވި މުސްތަގުބަލަކަށް މާނަހުރި ފިޔަވަޅު އަޅަންޖެހޭ: ރައީސް

22 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި މާނަހުރި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މިފަދައިން އިލްތިމާސްކުރައްވައި އެމަނިކުފާނު 'އެކްސް'ގައި ޕޯސްޓު ކުރައްވާފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ފެނުގެ ދުވަހާ ގުޅިގެންނެވެ.

މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ "ގްލޭޝިއާ ޕްރިޒަވޭޝަން" ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ޝިއާރުން، މޫސުމީ ބަދަލުތަކާއި ފެނުގެ ވަސީލަތްތަކުގެ މަދުކަމާއި އިންސާނުންގެ ނާޒުކުކަމާ އޮތް ގުޅުމުގެ މަތިން ހަނދާންކޮށްދޭ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސާފު ބޯފެން ފޯރުކޮށްދިނުން ފަދަ ކަންކަމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ، އެފަދަ ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި މި ސަރުކާރުން ދެމިތިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ފެނުގެ ދުވަހަކީ ރައްކާތެރި ސާފު ފެން ނުލިބި ދުނިޔޭގެ އެކި ހިސާބުތަކުގަައި ދިރިއުޅޭ މީހުންގެ ހާލަތު ރަނގަޅުކުރުމަށް ވަކާލާތުކޮށް، އެފަދަ މީހުންނަށް ރައްކާތެރި ފެން ފޯރުކޮށްދިނުމަށް ބާރުއަޅާ ފެނުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަަގަކުރާ ދުވަހެކެވެ. 

ކިޔުންތެރިންގެ ހިޔާލު