ENGLISH
10 އޭޕްރީލު 2025
"ޢީދު އަލި" ދިއްލުމަށް ވަމުންދާ ތައްޔާރީތައް މިނިސްޓަރ ބައްލަވާލައްވައިފި
22 މާރިޗު 2025
|
މިދިޔަ އަހަރު ޢީދުގައި ޖުމްހޫރީ މައިދާނުގައި ބަހައްޓަފައިވާ ދިއްލުމެއް-- ފޮޓޯ/ ރައީސް އޮފީސް
ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް މުޅި ރާއްޖެ ދިއްލާލުމަށް ވަމުންދާ ތައްޔާރީތައް މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު ޢުމަރު ބައްލަވާލައްވައިފި އެވެ.
މިނިސްޓްރީން ވަނީ، މިހާރު ވަނީ 36 ރަށަކަށް ލައިޓު ފޮނުވުމުގެ މަސައްކަތް ފަށައިފައެވެ. މިދިޔަ ޢީދާ ދިމާކޮށް ދިއްލާލި ރަށްރަށުގެ އިތުރަށް ކޮންމެ އަތޮޅަކުން 2 ރަށް މިފަހަރުގެ ޢީދުގައި ދިއްލަން ނިންމާފައިވެ އެވެ. ރޭ މުޅި މާލޭގައި އީދު ލައިޓު ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މިނިސްޓަރ ވަނީ އީދު ލައިޓު ހަރުކުރަމުންދާ ބައެއް ސަރަހައްދުތަކަށް ޒިޔާރާތް ކުރައްވައި ސައުންޑް ސެޓްއަޕް ތައްޔާރުކުރުމަށް މުވައްޒަފުން ކުރިއަށް ގެންދާ މަސައްކަތްތައް ބައްލަވައިލައްވާފަ އެވެ.
"އީދު އަލި" ހަރަކާތް އެންމެ ފުރަތަމަ މާލޭގައި ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުސްވަރުގައެވެ. އެކަމަށް ލިބުނު ތަރުހީބާއެކު އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވަނީ އެ ހަރަކާތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމަވާފަ އެވެ.
އެކަން ފާހަގަކުރައްވަމުން ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭޔަރަކަށް ހުންނެވިއިރު ހަމައެކަނި މާލެ ސިޓީގައި ރައީސް ފެއްޓެވި މި މަސައްކަތް މި އީދުގައި ރާއްޖޭ ބޮޑު ސަރަހައްދަކަށް ފުޅާކޮށް ގިނަ ރައްޔިތުންނަށް އެމީހަކު ހުރި ރަށަކުން އެ މަންޒަރު ދައްކަން އެމަނިކުފާނު މަސައްކަތް ކުރަމުންގެންދަވާ ކަމަށެވެ. މިފަހަރު އަލަށް ދިއްލާ ރަށްތަކާ އެކު ޖުމްލަ 65 ރަށެއްގައި އީދު ލައިޓު ހަރުކުރެ އެވެ.
މި އަހަރު "ޢީދު އަލި" ދިއްލުމުގެ ބޮޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.