ENGLISH
10 އޭޕްރީލު 2025
ހަތް ކިލޯ ޑްރަގް ރާއްޖެއަށް އެތެރެކުރަން އުޅުނު 10 ބިދޭސީއަކު ހައްޔަރުކޮށްފި
22 މާރިޗު 2025
|
މޯލްޑިވްސް ކަސްޓަަމްސްއިން މީގެ ކުރިން އަތުލައިގަތް ޑްރަގުތަކެއް.، ފޮޓޯ: ކަސްޓަމްސް
ކަނޑުމަގުން ރާއްޖެއަށް ހަތް ކިލޯ ޑްރަގު އެތެރެކުރަން އުޅުނު ދިހަ ބިދޭސީއަކު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފިއެވެ.
އެމީހުން ހައްޔަރުކުރުމަށްފަހު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ފުލުހުން ހާޒިރުކުރުމުން އެ އެންމެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވެއެވެ.
އެމީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާއަށް ނިސްބަތްވ ހަތް މީހަކާއި، އިންޑޮނޭޝިޔާއަށް ނިސްބަތްވާ ތިން މީހުންނެވެ.
މި މީހުންގެ ތެރެއިން މުހައްމަދު އިކްބަލް މަކްމުރުއއި އެޑްރިއަންސްއއި ޕްރަބަކަރަނ ނާގަރާޖަން، ޕީޓާ ވިނިއާއި ގަނެޝް ބޮންމަލީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
ސަރަން ޕަދްމަންއާއި ނަސްވަން އަދިލްއާއި ގޮވްސިކް ރާޖް ޖޭމްސް ނޮކްސްއައި ރޯމަން ސަންތިޔާ ފެނާންޑޯ ބަންދުކުރަން ކޯޓުން ނިންމީ އެެއް ދުވަހަށެވެ.