ENGLISH

10 އޭޕްރީލު 2025

Advertisement

'އާތު އަވާ' އަށް މިރޭ އެއް ގަޑިއިރަށް ބޮކިތައް ނިއްވާލަން އެދިއްޖެ

22 މާރިޗު 2025

|

އުމްނާ އިސްމާޢީލް

މިދިޔަ އަހަރުގެ އާތު އަވާ އަށް ރިސޯޓެއްގައި ބޮކިތައް ނިއްވާލާ އުއްބަތި ދިއްލާފައި. (ފޮޓޯ/ ކުޑަދޫ. ކޮމް)

މި އަހަރުގެ އާތު އަވާ ފާހަގަކުރުމަށްޓަކައި މިރޭ އެއް ގަޑިއިރަށް ބޮކިތައް ނިއްވާލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން އެދިއްޖެ އެވެ.

ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށާއި ދުނިޔެ ހިމާޔަތްކުރުމަށް ހޭލުންތެރިވުމުގެ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ މި ހަރަކާތް މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 21:45 އިން 22:45 އަށެވެ. 

އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ބޮކިތައް ނިއްވާލާނެ ކަމަށެވެ. ރިސޯޓުތަކަށް ވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ދައުވަތު ދީފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް މި ދައުވަތު ދީފައިވާއިރު މިނިސްޓްރީން ވަނީ EarthHourMV# ހޭޝްޓެގް ބޭނުންކޮށްގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ރީތި ފޮޓޯތައް ހިއްސާކުރުމަށް އެދިފަ އެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ ފޮޓޯތައް މިނިސްޓްރީގެ ސްޓޯރީގައި ޝެއާ ކުރަމުންދާނެ ކަމަށެވެ.

އާތު އަވާ އަކީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް ހޭލުންތެރިކުރުވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމަށް ކުރިއަގެންދާ ހަރަކާތެކެވެ. 'އާތު އަވާ' އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ އޮސްޓްރޭލިއާގެ ސިޑްނީގައި 2007 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު