ENGLISH
10 އޭޕްރީލު 2025
ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ހައްޔަރުކޮށްފި
22 މާރިޗު 2025
|
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަޙީދު، ފޮޓޯ: ޕީއެސްއެމް
ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަޙީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޝަމްޢާން ހައްޔަރުކޮށްފައިވާއިރު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީއަކު ޝަމްޢާން އަންގަވައިގެން ދޫކުރުމަށްފަހު، އޭނާ އަތުލައިގަތް ތަން ބަލައިފާސްކުރި އިމިގްރޭޝަނުގެ އޮފިސަރުން އޭނާއާ މަގުމަތިން ބަައްދަލުކޮށް ފައިސަތަކެއް އަތުލައިގަތް މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި އެމައްސަލާގައި ޝާމިލުވި އޮފިސަރުން އެ ފައިސާ ނަގައިގެން ޝަމްއާނު ދިރިއުޅުއްވާ ގެއަށް ދިޔަކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވެއެވެ. އަދި ފަހުން ފުލުހުންވަނީ ޝަމްއާން ދިރިއުޅުއްވި ގެ ބަލައި ފާސްކޮށްފައެވެ.
ޝަމްއާނުގެ ގެ ބަލައި ފާސްކުރިއިރުއިރު އެގެއިން 500،000 އެއްހައި ރުފިޔާވެސް ފުލުހުންވަނީ ހޯދާފައެވެ.
މިރޭ ފުލުހުން މީޑިޔާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ޝަަމްއާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.