ENGLISH
10 އޭޕްރީލު 2025
އީދަށް މުޅި ރާއްޖެ ދިއްލާލަނީ: ރަށްރަށަށް ލައިޓު ފޮނުވަން ފަށައިފި
21 މާރިޗު 2025
|
މިދިޔަ އަހަރު ޢީދުގައި ޖުމްހޫރީ މައިދާނުގައި ބަހައްޓަފައިވާ ދިއްލުމެއް-- ފޮޓޯ/ ރައީސް އޮފީސް
މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ފިޠުރު ޢީދު ދުވަހު ރާއްޖޭގެ ރަށްތައް ދިއްލާލުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ކުރަމުންދާ މިނިސްޓްރީ އޮފް ސިޓީޒް، ލޯކަލް ގަވަރންމެންޓް އެންޑް ޕަބްލިކް ވޯރކްސް އިން ވަނީ، މިހާރު ވަނީ 36 ރަށަކަށް ލައިޓު ފޮނުވުމުގެ މަސައްކަތް ފަށައިފައެވެ. މިދިޔަ ޢީދާ ދިމާކޮށް ދިއްލާލި ރަށްރަށުގެ އިތުރަށް ކޮންމެ އަތޮޅަކުން 2 ރަށް މިފަހަރުގެ ޢީދުގައި ދިއްލަން ވަނީ ނިންމާފައެވެ.
'އެމްއެމް ޓީވީ' އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވަރންމެންޓް އެންޑް ޕަބްލިކް ވޯރކްސް، އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިފަހަރު ޢީދު ލައިޓުތައް ފޯރުކޮށްދޭން ނިންމާފައިވަނީ ކޮންމެ އަތޮޅެއްގެ ވެސް އެންމެ އާބާދީ ބޮޑު ދެ ރަށަށް ކަމަށެވެ.
ލައިޓުތައް ދިއްލުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާއިރު، ހުރިހާ ރަށަކަށް އެ ލައިޓުތައް ފޮނުވޭނީ މިނިސްޓަރ ވިދާޅުވި ގޮތުގައި މި މަހުގެ 24 ގަ އެވެ.
"އީދު އަލި" ހަރަކާތް އެންމެ ފުރަތަމަ މާލޭގައި ފެއްޓެވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވި ދުސްވަރުގައެވެ. އެކަމަށް ލިބުނު ތަރުހީބާއެކު އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވަނީ އެ ހަރަކާތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމަވާފަ އެވެ.
ޢީދަށް ރާއްޖެ ދިއްލާލުމުގެ ޚާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ސެންޓްރަލް ޕާކުގައެވެ.