ENGLISH
10 އޭޕްރީލު 2025
ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި
21 މާރިޗު 2025
|
ދެ ކިލޯގެ މަސްތުވާތަކެއްޗާ އެކު ތިން މީހަކު މާލެ އިން ހައްޔަރުކޮށްފިއެެވެ.
މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކޮށް އެ ތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މާލެ ސިޓީއަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނަކާއި މަރަދޫފޭދޫއަށް ނިސްބަތްވާ 46 އަހަރުގެ ފިރިހެނެއްގެ އިތުރުން، ވ. ރަކީދޫއަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނެކެވެ.
މި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހައިފައެވެެ. މަސްތުވާތަކެތި ފެނިފައިވަނީ އެ މީހުން ތިބި ގެއަކުންނެވެ.
މި މީހުންނާއި ގުޅޭ އަމުރުގައި ބުނެފައި ވަނީ މި މައްސަލައިގައި އެކި ބާވްތަތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި މަސްތުވާތަކެތީގެ ބަރުދަން ދެ ކިލޯއަށް އަރާ ކަމަށް ވެސް ބުނެފައިވެއެވެ.