ENGLISH

10 އޭޕްރީލު 2025

Advertisement

ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަމުގައި ދެމިހުރެއްޖެ މީހާގެ، އިސްވެ ދިޔަ ހުރިހާ ފާފައެއް ފުހެވިގެންދާނެ: ޚުތުބާ

21 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދެއްގެ ތެރެއިން--ފޮޓޯ: ޓީއެމްޖީ

ފުރިހަމަ އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލު، ލައިލަތުލްޤަދުރި ވިލޭރޭ އަޅުކަމުގައި ދެމިހުރެއްޖެ މީހާގެ އިސްވެ ދިޔަ ފާފަތައް ފުއްސަވާނެކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ލައިލަތުލްޤަދްރި" މި މައުޟޫޢުގެ މައްޗަށެވެ. ލައިލަތުލްޤަދްރި ރޭގެ މަތިވެރިކަމާއި ސަވާބާއި ދަރުމަ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުއިރު، އެ ރޭ ހީވާގިވެ ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރި ވެފައިވެއެވެ.

މާތް ﷲގެ ޙަޟްރަތަށް ކުއްތަންވެ އެ ކަލާނގެއަށް އޮންނަ އިތުބާރު ހަރުދަނާކޮށް، އެކަލާނގެ ރަޙްމަތްފުޅުން ދެއްވައިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާން ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ. އަދި އިސްލާމްކަން މަތީ، ހެޔޮ ހާލުގައި ތިބެ، ރަމަޟާން މަހާ ބައްދަލުވުމަކީ ލިބޭ ވަރަށްބޮޑު ނިޢުމަތެއްކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މާތް ﷲއަށް ތަގުވާވެރިވެ، ހެޔޮ އަމަލާއެކު މި މާތް މައްސަރު ނިންމައިލެވޭތޯ ބަލައި އަދި އަމިއްލަ ނަފުސަށް ކުރެވޭ އަހުދުތަކަށް ރައްކާތެރިވުމަށް ވެސް ޚުތުބާގައިވަނީ ގޮވާލައިފައެވެ. އަދި އިސްތިޣުފާރުކުރުން ގިނަކުރުމަށާއި، އެ ކަމަކީ ރޯދައަށް ހުންނަ އިރު އެ މީހަކަށް ކުރެވޭ ކުދިކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކުރުމަކީ އެ ކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާކަމެއް ކަމަށް ވިދާޅުވެ އަދި ރަމަޟާން މަހުގެ ފަހު ދިހައިގައި ކީރިތި މާތް ނަބިއްޔާ އަމަލުފުޅު ބެހެއްޓެވި ގޮތަށް ބަލާ އިރު، އެ ކަލޭގެފާނު ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރައްވާފައިވާ ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާ އަދި މިގޮތަށް އިޢުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، الله އަށް އަޅުކަންކުރުމާއި ކީރިތި ގުރްއާން ކިޔެވުމާއި ޒިކުރު ކުރުމުގައި ވަގުތު ހޭދަކުރުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްރިވެފައިވެއެވެ.

ފިތުރު ޒަކާތަކީ ރޯދަމަހު ރޯދަތައް ހިފި އިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ އަޅުކަމެއް ކަމަށް ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ތިމާ އާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ކުދީންގެ ފަރާތުން ފިތުރު ޒަކާތް ނެރުމަށް އަވަސް ވާން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު