ENGLISH
10 އޭޕްރީލު 2025
ޚާއްސަ އަޅާލުމާއި ލޯބި ބޭނުންވާ ކުދިން ހޭހަންކޮށްދިނުމުގައި އަތުގުޅާލައިގެން މަސައްކަތްކުރާނަން: ރައީސް
21 މާރިޗު 2025
|
ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް
ޚާއްސަ އަޅާލުމާއި ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކަށާއި އާއިލާއަކަށް ހޭހަންކޮށްދިނުމުގައި ސަރުކާރާއި ރައްޔިތުން އަތުގުޅާލައިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ބައިނަލްއަގްވާމީ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ އޯގާތެރިކަމާއި އެހީތެރިކަމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި މުޖްތަމައުގެ ޚާއްސަ އަޅާލުމާއި ލޯބި ބޭނުންވާ ހަމަ ކޮންމެ ކުއްޖަކާއި އާއިލާއަކަށް ހޭހަންކޮށްދިނުމުގައި ވެސް ސަރުކާރާއި ރައްޔިތުން މަސައްކަތް ކުރާނީ އަތުގުޅާލައިގެން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ.