ENGLISH
10 އޭޕްރީލު 2025
ހައި ކޯޓު އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 މާރިޗު 2025
|
ހައި ކޯޓުގެ އިސް ފަނޑިޔާރާއި ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ މިހާރުވެސް ހައިކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށް އެކަނިކަމަށް ޖޭއެސްސީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
އިސް ފަނޑިޔާރަކަށް ހޮވޭ ފަރާތަށް މަހަކު 47،700 ރުފިޔާގެ އަސާސީ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ފަނޑިޔާރަކަށް ލިބޭނީ 45،700 ރުފިޔާގެ މުސާރައެކެވެ. މީގެއިތުރުން 18،000 ރުފިޔާގެ ލިވިން އެލަވަންސަކާ 3،300 ރުފިޔާގެ ރިސްކު އެލަވަންސެެއްވެސް ލިބިގެންދާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސާއި ހެލްތު އިންޝުއަރެންސްގެ ހިދުމަތް ވެސް ލިބޭނެއެވެ.
އެހެންކަމުން އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވަން ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މާރޗް 29 ވަނަ ދުވަހު 12:00 އަށް ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭއިރު، ފަނޑިޔާރުގެ މަގާމަށް އެދި 10 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެދުނު 10:00 ގެ ނިޔަލަށް ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ޖޭއެސްސީ އިން ބުނެފައިވެއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާއި ގުޅިގެންނެވެ.