ENGLISH

10 އޭޕްރީލު 2025

Advertisement

ފަހު ދިހައެއްގައި މާލެ ސަރަހައްދުގެ ބަހުގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

21 މާރިޗު 2025

|

އައިޝަތު ނަޖާ

ރަމަޟާން މަހުގެ ފަހު 10 އެއްގައި ގްރޭޓާރ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް އިތުރުކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެހެންކަމުން މާލެ އާއި ހުޅުމާލެ އަދި މާލެ ތެރޭގައި ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތް ދޭ ވަގުތު ރޭގަނޑު 2:00 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ، R7, R6, R2, R1 އަދި R8ގެ ދަތުރުތަކާއި މަލޭތެރޭގައި ދަތުރުކުރާ R10 އަދި R11 ގެ ދަތުރުތަކުގެ ޚިދުމަތް ރެއިން ފެށިގެން ރޭގަނޑު 2:00 އާ ހަމައަށް ކުރިއަށްގެންދާނެއެވެ. 

ކުރިން މި ރޫޓްތަކުގެ ބަސް ދަތުރުތައް ކުރިއަށްގެން ދިޔައީ ރޭގަނޑު 12:00 ޖެހުމާ ހަމައަށެވެ. މި ބަދަލުތަކަކީ ރަމަޟާން މަސް ފެށުނީއްސުރެ ދަތުރުވެރިން އެންމެ ގިނައިން ބަހުގެ ޚިދުމަތް ބޭނުންކުރާ ގަޑިތަކާއި މިންވަރަށް ބަލައި، އާންމުންގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ވެސް އެމްޓީސީސީ އިން ބުނެފައިވެއެވެ.

އެމްޓީސީސީ އިން ބުނީ މި ބަދަލާއެކު ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކުގައި ބަހުގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު