ENGLISH
10 އޭޕްރީލު 2025
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް ފަސީޙު އައްޔަނު ކުރައްވައިފި
21 މާރިޗު 2025
|
ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު ފަސީޙު
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނުގެ މަަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙްމަދު ފަސީޙު އައްޔަނު ކުރައްވައިފި އެވެ.
އެކަން ސަރުކާރުން ދެންމެ ވަނީ ހާމަ ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ސްޓޭޓް މިނިސްޓަރ ފެންވަރުގައި ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ކަމަށެވެ.
ފަސީހު އެ މަގާމަށް އައްޔަނު ކުރައްވާފައި މިވަނީ އެ މަަގާމުގައި ހުންނެވި ޝަމްޢާން ވަޙީދު މިރޭ އެ މަޤާމުން ވަކިކުރައްވާފައި ވަނިކޮށެވެ.
ޝަމްއާނު މަޤާމުން ވަކިކުރެއްވި ވަކި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަނުކުރައްވައެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރައްވާފައިވާ މިވަގުތަކީ އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެކެވެ.
ފުލުހުން މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި އެ ހިދުމަތުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި 20 މާޗު 2023 ގައި ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އެ ހިދުމަތުން ހާމަކޮށްފައިވެއެވެ.
އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފުސީލުތައް ހާމަކުރާނެކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.