ENGLISH

10 އޭޕްރީލު 2025

Advertisement

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން ޝަމްއާން ވަކިކުރައްވައިފި

21 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ކޮމިޝަނާ ޖެނެރަލް އޮފް އިމިގްރޭޝަނުގެ މަގާމުން މިރޭ ވަކިކުރެއްވި ޝަމްޢާން ވަޙީދު، ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނުގެ މަަގާމުގައި ހުންނެވި ޝަމްޢާން ވަޙީދު އެ މަޤާމުން ވަކިކުރައްވައިފިއެވެ. 

ޝަމްޢާން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ 19 ނޮވެންބަރުގައެވެ. 

އޭނާ މަޤާމުން ވަކިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުވަނީ "އެމްއެމްޓީވީ"އަށް ޔަގީންކޮށްދެއްވާފައެވެ. 

ޝަމްއާނު މަޤާމުން ވަކިކުރެއްވި ވަކި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަނުކުރައްވައެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރައްވާފައިވާ މިވަގުތަކީ އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެކެވެ. 

ފުލުހުން މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި އެ ހިދުމަތުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި 20 މާޗު 2023 ގައި ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އެ ހިދުމަތުން ހާމަކޮށްފައިވެއެވެ. 

އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފުސީލުތައް ހާމަކުރާނެކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު