ENGLISH
10 އޭޕްރީލު 2025
އިމިގްރޭޝަނުގެ މުވައްޒަފުންތަކެއް ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ މައްސަލައެއް؛ 3 މީހަކު ހައްޔަރުކޮށްފި
21 މާރިޗު 2025
|
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަަނުގެ މުވައްޒަަފުންތަކެއް ބިދޭސީންގެ އަތުން ނާޖަައިޒު މަންފާ ހޯދަމުންދާ މައްސަލައެއްގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ހިދުމަތުން މިރޭ ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައުލޫމާތު ފުލުހަށް ލިބިފައިވާ ކަމަށެވެ.
އަދި އެ ހިދުމަތަށް އެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށްވެސް އެ ހިދުމަތުން ބުންޏެވެ.
އަދި މާޗު 20، 2025 ގެ ރޭގަނޑު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ހިދުމަތުން ގެއެއް ބަލައި ފާސްކޮށްފައިވާކަމަށާއި، އެ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް އެ ހިދުމަތުން މައުލޫމާތު ދީފައިވެއެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅުންހުރި އިތުރު ތަފުސީލުތައް ހާމަކުރަމުންދާނެ ކަމަށްވެސް އެ ހިދުމަތުން ބުނެފައިވެއެވެ.