ENGLISH

10 އޭޕްރީލު 2025

Advertisement

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހަކީ، ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގައި ލިބުނު ކުރިއެރުމެއް: އެމްއެޗްޕީޔޫ

21 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ރާއްޖޭގެ ސިއްހީ ދާއިރާގައި ޚިދުމަތްކުރަން ތަމްރީނުވާ ބައެއް ނަރުހުން.

ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުގައި ސަރުކާރު އޮފީސްތަކުގައި އެ އޮފީސްތަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްތައް ޕޭ ފްރޭމްވޯކުގައި ހިމަނައި މިއަދު ގެނެވުނު އިސްލާހަކީ، ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފިއެވެ.

އެމްއެޗްޕީޔޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ 2023 ވަނަ އަހަރުން ފެށިގެން އެ ޔޫނިއަނުން ސިއްހީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގައި ކުރި މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތަކުގެ 7 ވަނަ އިސްލާހުގެ ދަށުން، އިތުރުގަޑީގެ ފައިސާދޭ އުސޫލަށް ސަރުކާރުން ގެނެސްފައިވަނީ ރަނގަޅު ބަދަލުތަކައްކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެމްއެޗްޕީޔޫގެ ބަޔާނުގައި ވަނީ، ކުރިޔަށް އޮތް ތަނުގައިވެސް އެ ޔޫނިއަނުން ރާއްޖޭގެ އެންމެހާ ސިއްހީ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ވަކާލުތުކޮށް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ދީފައެވެ.

ޕޭ ފްރޭމްވޯކަށް ގެނައި ހަތްވަނަ އިސްލާހުގެ ދަށުން ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ލިބޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފަައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ލިބޭނެެއެވެ. 

އަދި ފަހު 10 ގައި އިތުރު ގަޑީގެ ފައިސާ ދޭނީ ވެސް ބަންދު ދުވަސްތަކާ އެއްގޮތަށް ހިސާބުކޮށްގެން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ރަމަޟާން މަހު، ގިނަ ވަގުތު ޝާމިލުވެވޭނެ ގޮތަށް ސަރުކާރުން ދަނީ ކަންކަން ތަރުތީބު ކުރަމުންނެވެ. ޕޭ ފްރޭމްވޯކަށް މިގެނެވުނު އިސްލާހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެމަތިން، ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން ރޯދަ މަހުގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެކެވެ. 

ކިޔުންތެރިންގެ ހިޔާލު