ENGLISH

10 އޭޕްރީލު 2025

Advertisement

ރައީސް ފަހު ދިހައިގެ ތަހުނިޔާ ފޮނުއްވައިފި

20 މާރިޗު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓް ބައްދަލުވުމެއްގައި-- ފައިލް ފޮޓޯ/ ރައީސް އޮފީސް

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފި އެވެ.

އެމަނިކުފާނު، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވެވީ މިރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި އެމަނިކުފާނު ވަނީ މި ބަރަކާތްތެރި ރޭ ތަކުގެ ހެޔޮ ދަރުމަޔާއި ޡަވާބު އަޅަމެން އެންމެނަށް ލައްވާ ލައިލަތުލް ޤަދްރީގެ މަތިވެރި ނިޢުމަތް ދެއްވެން އެދި ދުޢާ ކުރައްވާފަ އެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް މިއަދު ވަނީ ފެށިފަ އެވެ. ރަމަޟާން މަހުގެ އެންމެ ބަރަކާތްތެރި ރެއަކީ ލައިލަތުލް ޤަދްރި ވިލޭރެ އެވެ. އެ ރެއަކީ ސީދާ ކަނޑައެޅިގެން ކޮން ރެއެއް ކަމެއް އުންމަތަށް އަންގަވައި ދެއްވާފައެއް ނުވެ އެވެ. ނަަމަވެސް އެ ރޭ ހިމެނެނީ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައި ކަމަށް މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވެ އެވެ.

މި ރެއަކީ ފަހު ދިހައިގެ ފުރަތަމަ އޮނަހިރި ރެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަހު ދިހައިގެ ދުވަސްތައް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅުއްވާފަ އެވެ. އެގޮތަށް ކަނޑައެޅުއްވީ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ތަނަވަސްކޮށް ދެއްވުމުގެ ބޭނުންފުޅުގައި ކަމަށް ސަރުކާރުން ވިދާޅުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު