ENGLISH
20 އޭޕްރީލު 2025
ގޮވާމުން ޒަކާތް ބަލައިގަތުން އިސްކަންދަރު ސުކޫލަށް ބަދަލުކޮށްފި
20 މާރިޗު 2025
|
މީހަކު ޒަކާތް ދައްކަނީ: މި އަހަރުވެސް ގޮވާމުން ޒަކާތް ދެއްކޭނެ
ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވާއިރު ޒަކާތް ބަލައިގަންނަ މަރުކަޒު ބަދަލުކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނެފި އެވެ.
ކުރީން އޮތީ މަޖީދިއްޔާ ސުކޫލުގެ ސަލާޙުއްދީން ހޯލުގައި ޒަކާތް ބަލައިގަތުން ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް ޒަކާތު ހައުސް އިން މިއަދު ބުނީ މިހާރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އސްކަންދަރު ސުކޫލުގެ ހޯލްގައި ކަމަށެވެ.
ގޮވާމުން ޒަކާތް ބަލައިގަންނާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިތުރު ޒަކާތުގެ ގޮތުގަައި ދައްކާނީ އެބަޔަކު ޢާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަންނާނީ ހަ ބާވަތެކެވެ.
* އާދައިގެ ހަނޑޫ
* ތައިލެންޑް ހަނޑޫ
* ބާސްމަތީ ހަނޑޫ
* ރަތް ހަނޑޫ
* ގޮދަން ފުށް
* އާޓާ ފުށް
ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހަކު ވެސް މެންދުރު އެކަކުން ހަތަރެއް ޖެހުމާ ހަމައަށް ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ.