ENGLISH

20 އޭޕްރީލު 2025

Advertisement

ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު ފައިސަލްއާ ހަވާލުކޮށްފި

20 މާރިޗު 2025

|

އައިޝަތު ނަޖާ

ފަނޑިޔާރު ފައިސަލް (ވ)

ހައި ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ ވަގުތީ ގޮތުން ހަވާލުކޮށްފިއެވެ.

ފަނޑިޔާރު ފައިސަލްއާ ހައި ކޯޓުގެ ހިންގުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަވާލުކޮށްފައި ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަަށް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރެެއްވީ އިއްޔެ އެވެ.  

ފަނޑިޔާރު ފައިސަލް ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން ކުރައްވައިފައެވެ. ފަނޑިޔާރު ފައިސަލް ހައި ކޯޓަށް އައްޔަންކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު