ENGLISH
20 އޭޕްރީލު 2025
އަމިއްލަ އިންޝުއަރެންސާއެކު ވެސް އާސަންދަ ދޭން ފަށައިފި
20 މާރިޗު 2025
|
އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް އެ އިންޝުއަރަންސަށް ކެނޑުމަށްފަހު އާސަންދަ ލިބޭ ގޮތަށް ނިންމި ނިންމުން ބަދަލުކޮށް، އަމިއްލަ އިންޝުއަރަންސާ އެކު ވެސް އާސަންދަ ލިބޭގޮތަށް ހަދައިފިއެވެ.
އާސަންދަ ރީފޯމް ކުރުމުގެ މަސައްކަތް ފަށައި، އެ ސްކީމަށް ގެނައި ބަދަލުގެ ދަށުން އަމިއްލަ އިންޝުއަރެންސެއް އޮތްނަމަ އޭގެ ލިމިޓް ހަމަނުވަނީސް އާސަންދައިގެ ޚިދުމަތް ނުދިނުމަށް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އާސަންދައިން ބުނީ އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަވެސް މިހާރު އާސަންދައިގެ ޚިދުމަތް ވެސް ލިބޭނެ ކަމަށެވެ. އިތުރު ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް، އާސަންދައިން މި އުސޫލަށް ބަދަލު ގެނެސްފައި ވަނީ މި ހަފްތާ ތެރޭގައެވެ.
އެމްއެމްޓީވީ އަށް މައުލޫމާތު ލިބުނު ގޮތުގައި މި ވަގުތު އަމިއްލަ އިންޝުއަރެންސާއި އާސަންދަ އެކީގައި ލިބޭގޮތަށް ބަދަލު ގެނެސްފައި ވަނީ ހަމައެކަނި ކޮންސަލްޓޭޝަންތަކަށެވެ. އެހެން ޚިދުމަތްތަކަށް އަމިއްލަ އިންޝުއަރެންސް އާއި އާސަންދައިގެ ކަވަރޭޖު އެކީގައި ދިނުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.