ENGLISH

20 އޭޕްރީލު 2025

Advertisement

އަނެއްކާވެސް ރާއްޖެ އެތެރެ ކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފި

20 މާރިޗު 2025

|

އައިޝަތު ނަޖާ

ފޮޓޯ- ކަސްޓަމްސް

އަނެއްކާވެސް ރާއްޖެ އެތެރެ ކުރަން އުޅުނު 2000 އަށްވުރެ ގިނަ ވޭޕް އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިތަކެތި އަތުލައިގަނެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް އެތެރެކޮށްފައިވާ އެއާކާގޯގެ ޝިޕްމަންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ބެލެވިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ. މިތަކެތީގެ ތެރޭގައި ވޭޕާއި އޭގެ ބައި ބައި ހިމެނޭހެން 2008 އައިޓަމް ހިމެނޭކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މީގެއިތުރުން އިއްޔެ މެލޭޝިއާއިން ރާއްޖެ އައި ތިން ފަސިންޖަރެެއްގެ ލަގެޖުން 2062 ވޭޕް އާއި ވޭޕްގެ ބައިބައި ކަސްޓަމުން އަތުލައިގަނެފައިވެއެވެ. މި ދެ މައްސަލަ ވެސް ކަސްޓަމްސް އިން އަންނަނީ ތަހުގީގުކުރަމުންނެވެ.

ވޭޕް އެތެރެކުރުމާއި ވިއްކުމާއި ގެންގުޅުން ވަނީ މަނާކޮށްފައެވެ. ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެންދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތްތަކަށް 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު