ENGLISH

20 އޭޕްރީލު 2025

Advertisement

ކައުންސިލް ޢިމާރާތްތަކުގެ މަސައްކަތް ބެލުމަށް ކޮންމެ ރަށަކުން ވެސް ކޮމިޓީއެއް އެކުލަވާލަނީ

20 މާރިޗު 2025

|

އައިޝަތު ނަޖާ

ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް

ފަންސާސް ފަސް ރަށެއްގައި ޢިމާރަތްކުރާ ކައުންސިލް ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ކޮންމެ ރަށަކުން ވެސް އެ ރަށެއްގެ ރައްޔިތުން ހިމެނޭ ގޮތަށް މޮނިޓަރިން ކޮމިޓީއެއް އެކުލަވާލަން ނިންމައިފިއެވެ.

ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ ރޭ އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވި ތަރާވީހުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރުއެވެ.

މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީީ މިހާރު ބިންގާ އަޅާފައިވާ ހއ. ރ. އަދި ދ. އަތޮޅުގެ 17 ކައުންސިލް އިދާރާގެ ސިވިލް މަސައްކަތްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ އިމާރާތްތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަމަށް ވެސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ. އެ މަސައްކަތް ކުރެވޭނީ ކައުންސިލްތައް މެދުވެރިކޮށް، ރަށްރަށުގައި ތިބި މަސައްކަތްތެރިންނަށް ފުރުސަތު ލިބޭގޮތަށް ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

""55 ކައުންސިލްގެ މަސައްކަތް ކުރިއަށްދާއިރު ސިވިލް މަސައްކަތްތައް އެ ރަށެއްގެ ތިބި މީހުންނަށް މަންފާކުރާނެ ގޮތަކަށް ކުރިއަށްގެންދިއުމުގެ ބޭނުމަކީ މިކަމުގައި ކައުންސިލްތަކުގެ ހިއްސާ އިތުރުކުރުން. ކޮންމެ ރަށެއްގައިވެސް އެ ރަށުގެ ރައްޔިތުން ޝާމިލުވާ މޮނިޓަރިން ކޮމިޓީއެއް ވެސް ހިމެނިގެންދާނެ. މީގެ ބޭނުމަކީ ވެސް ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުން،"" - މިނިސްޓަރ އާދަމް ޝަރީފް އުމަރު 

މިނިސްޓަރ ވިދާޅުވީ ކައުންސިލް އިމާރާތްތަކުގެ ސިވިލް މަސައްކަތް އެ ރަށެއްގެ މަސައްކަތްތެރިންނާ ހަވާލުކުރުމުން ރަށްރަށަށް އިގްތިސާދީގޮތުން ކުރިއެރުން ލިބި، ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ލިބިގެންދާނެ ކަމަށެވެ. މިއިން ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރެވިގެންދާ މަންޒަރުކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން އަޅަން ނިންމާފައިވާ 55 ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް ވެސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު