ENGLISH

21 އޭޕްރީލު 2025

Advertisement

މ. މުލީ އެއާޕޯޓުގެ ޓާމިނަލް އަދި ފަޔަރ ބިލްޑިންގެ މަސައްކަތް ނިމެނީ

20 މާރިޗު 2025

|

ޝަރާ އަބްދުﷲ

މުލި އެއާޕޯޓުގެ ޓާރމިނަލް. --ފޮޓޯ: އެމްޓީސީސީ

މ. މުލީގެ އެއާޕޯޓް އެޅުމުގެ މަޝްރޫޢުގެ ތެރެއިން ސައިޓުގައި ޓާމިނަލް ބިލްޑިންގ އަދި ފަޔަރ ބިލްޑިންގ ފިނިޝިންގ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓާރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެކުންފުނީގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ އެއާޕޯޓު ޓާމިނަލް ބިލްޑިންގ އަދި ފަޔަރ ބިލްޑިންގެ ނިންމުމުގެ  މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މި މަޝްރޫޢުގެ 87 އިންސައްތަ ވަނީ ނިމިފައެވެ. 

މި ޕްރޮޖެކްޓަކީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ސޮއި ކުރެވުނު ޕްރޮޖެކްޓެކެވެ. މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދާނެއެވެ. މުލި އެއާޕޯޓު ތަރައްގީކުރުމުގެ މި މަޝްރޫއަށް 221.7 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރާނެ އެވެ. މިއީ ނިމިދިޔަ ވެރިކަމުގައި ފަށައިފައިވާ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު