ENGLISH
21 އޭޕްރީލު 2025
ށ. ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް
20 މާރިޗު 2025
|
ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ށ. ކޮމަންޑޫގައި ކުރިއަށް ގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އާއި ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ނިމެން ގާތްވެފައިވާ ކަމަށް އެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓާރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ރިވެޓްމަންޓް ކަރބް ސްޓޯންގެ މަސައްކަތާއި ޖިއޮބެގް ރިވެޓްމަންޓްގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތްވެސް ހަލުވިކަމާ އެކު މިހާރު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ތެރެއިން.. ފޮޓޯ: އެމްޓީސީސީ
ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަކީ، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަކީ ސަރުކާރުން 249 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުކެވެ.
ކޮމަންޑޫގެ ބިން ބޮޑުކުރުމުގެ މި މަޝްރޫޢު އަކީ، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ގޯތި ދޫކުރުމާއި އެނޫންވެސް އެތައް ފުރުސަތެއް ރައްޔިތުންނަށް ފަހިކޮށްދިނުމަށްޓަކައި ހިންގާ މަޝްރޫޢެކެވެ. މި ދެ މަޝްރޫޢުގެ 68 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.