ENGLISH
21 އޭޕްރީލު 2025
ސްޓެލްކޯގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
20 މާރިޗު 2025
|
ސްޓެލްކޯ އިމާރާތުގެ ބޭރު.. ފޮޓޯ: އެމްއެމްޓީވީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުރިއަށް ގެންދާ މެރިޓް ބޭސްޑް ސްކޮލަޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީއާ ހަމައަށް ކިޔެވުމަށް އެއް ފަރާތަކަށް ސްކޮލަޝިޕް ދޭއިރު، މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާ އިން ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދެ ފަރާތަކަށް ލިބޭނެއެވެ.
ސްކޮލަޝިޕްއަށް ކުރިމަތިލެވޭނީ ހިސާބު، ފިޒިކްސް، ނުވަތަ ކެމިސްޓްރީ، ކޮމްޕިއުޓާރ ސައިންސް އިން އޭލެވެލްގައި ދެ އޭ ސްޓާރ ނުވަތަ އެއް އޭ ލިބިފައިވާ ފަރާތްތަކަށެވެ. އަދި އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޕްރޮގްރާމުން އެއާ އެއްވަރުގެ ކޮލިފިކޭޝަންތަކެއް ލިބިފައިވާ ފަރާތްތަކަށް ވެސް މި ސްކޮލަޝިޕަށް ކުރިމަތިލެވޭނެއެވެ. މީގެ އިތުރުން ޖީސީއެސްއީ/އައިޖީސީއެސްއީ އިނގިރޭސި ބަހުން ދަށްވެގެން ބީއެއް ނުވަތަ އެއާ އެއްވަރުގެ ކޮލިފިކޭޝަނެއް ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
ސްކޮލަޝިޕަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޭޕްރީލް ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ. އިތުރު މަޢުލޫމާތު ސްޓެލްކޯގެ ވެބްސައިޓުން ލިބޭނެއެވެ.