ENGLISH
21 އޭޕްރީލު 2025
ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
20 މާރިޗު 2025
|
އިއްޔެ މެންދުރު އޮންލައިންކޮށް، ސިޓީސް މިނިސްޓްރީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫޢުގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގައި ޤާއިމްކޮށްފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ފަށައިފިއެވެ.
އެގޮތުން ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެރީ ޓާރމިނަލްތަކާއި، ފެރީ ސްޕޮޓްތައް ރަށު ކައުންސިލްތަކާއި، ޙަވާލުކުރުމަށް މިނިސްޓްރީއާއި، ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާއާ ބެހޭ މަޢުލޫމާތު އިއްޔެ މެންދުރު ބޭއްވި އޮންލައިން ބަައްދަލުވުމެއްގައި، ސިޓީސް މިނިސްޓްރީން ވަނީ ހިއްސާ ކޮށްފައެވެ.
އޮންލައިންކޮށް ބޭއެްވި މި ބައްދަލުވުމުގައި އާރްޓީއެލްގެ ޒޯން 1 ގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވެފައިވެެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ބައްދަލުވުމުގައި ކައުންސިލްތަކުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރ އާދަމް ޝަރީފް އުމަރު ޖަވާބު ދެއްވިއެވެ.
އެ އަތޮޅުތަކުގެ ހުރިހާ ކަައުންސިލްތަކަށް ފަހުމާނާ ފޮނުވާފައިވާކަމަށާއި އުންމީދު ކުރެވެނީ ވަރަށް އަވަހަށް ފަހުމާނާތަކުގައި ސޮއިކުރެވި އެ ތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދިޔުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.