ENGLISH
21 އޭޕްރީލު 2025
މިއަހަރުވެސް ފިޠުރު ޢީދުގައި ރައީސްގެ ދެކަނބަލުން ޢީދު ސަލާންކުރެއްވުން އޮންނާނެ
20 މާރިޗު 2025
|
މީގެ ކުރީގެ ޢީދެއްގައި ރައީސްގެ ދެކަނބަލުން ޢީދު ސަލާންކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް
ނިމުނު އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފިޠުރު ޢީދު ދުވަހު ޢީދު ސަލާންކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ޢީދު ސަލާންކުރެއްވުން އޮންނާނީ ޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.
ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު ދެއްވާފަައިވެއެވެ.
އަދި ޢާއިލާތަކާއެކު ވީހާވެސް ގިނައިން ކުޑަކުދިންނާއި ޒުވާނުން ޢީދު ސަލާމުގައި ބައިވެރިވުމަށް ރައީސްގެ ދެކަނބަލުން ދައުވަތު ދެއްވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ޢީދު ސަލާންކުރަން ދާ މީހުން މުލިއާގެއަށް ވަނުމަށް ހަމަޖެހިފައިވަނީ މެދުޒިޔާރަތް މަގަށްވާ ގޮތަށް ހުންނަ މުލިއާގޭގެ ބޮޑު ދޮރާށިން ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.