ENGLISH

21 އޭޕްރީލު 2025

Advertisement

ކޭޝް ވަޤުފު ކުރެވޭނެ ނިޒާމު ޤާއިމުކޮށްފި، ފެށީ 15 މިލިއަންގެ ފަންޑަކުން

19 މާރިޗު 2025

|

އަޙުމަދު ޙަމީދު

އިސްލާމިކް މިނިސްޓްރީގެ ވަޤުފު ފަންޑު ތަރައްޤީކޮށް، ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް، ކޭޝް ވަޤުފު ކުރެވޭނެ ނިޒާމު ޤާއިމުކޮށްފި އެވެ.

އެމްއެމްޓީވީއާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ ކޭޝް ވަޤުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ.

"ދިވެހިރައްޔިތުންގެ ތެރެއިން ﷲ ގެ މަގުގައި ނަޤުދު ފައިސާ ވަޤުފުކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވިފައި. ވަޤުފު ފަންޑަށް ޞަދަޤާތާއި ޚައިރާތާއި ހިބައާއި ވަޞިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިބައި ފަންޑުގެ ތެރޭގައި ބެލެހެއްޓިގެންދާނީ ކޭޝް ވަޤުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ފަންޑު އުފެދުނުތާ 15 އަހަރު ފަހުން ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލު ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކޭޝް ވަޤުފު ފަންޑު ފަށަނީ 15 މިލިއަން ރުފިޔާގެ ފަންޑަކާއެކުގަ އެވެ.

މި ފަންޑުން އިސްލާމީ ދައުވަތު ފެތުރުމާއި އިސްލާމީ ތައުލީމު ދިނުމާއި އިސްލާމީ ހަޟާރަތު ކުރިއެރުވުމަށާއި އިސްލާމީ ޝިޢާރު ފާޅުކުރުމާއި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ މަސައްކަތަށް ހޭދަކުރާނެ އެވެ. އަދި އިސްލާމީ ފޮތްތައް ލިޔުމާއި ތަރުޖަމާ ކުރުމާއި ދިރާސާ ކުރަަން އެހީވުމާއި ދާއިރާ ތަރައްގީ ކުުރުމާއި މިސްކިތްތައް ބިނާކުރުމާއި ބިނާކުރުމަށް އެހީތެރިވުމާއި މަރާމާތު ކުުރުމާއި ގުޅުންހުރި ކަންކަމަށް އެހީވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު