ENGLISH
21 އޭޕްރީލު 2025
ދިރާސީ އާ އަހަރު ފެށޭއިރު ހުރިހާ ސުކޫލަކަށް ވެސް މުދައްރިސުން ހަމަވާނެ: ތައުލީމީ ވުޒާރާ
19 މާރިޗު 2025
|
ކުރީ އަހަރެއްގައި ދިރާސީ އާހަރުގެ ފުރަތަމަ ދުވަހު ބޭއްވުނު ހަފްލާއެއް--ފޮޓޯ:ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް
އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލަކަށް މުދައްރިސުން ހަމަވާނެކަމަށް ތައުލީވީ ވުޒާރާއިން ބުނެފިއެވެ.
މީގެ އިތުރުން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ވެސް ހަމަވާނެކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ތައުލީމީ ވުޒާރާގެ ޕާމަނެންޓް ސެކްރެޓަރީ ޝިފާޒް މުޙައްމަދު ވިދާޅުވީ ކޮންމެ އަހަރަކުވެސް މުދައްރިސުން ހަމަކުރަން މަސައްކަތްތަކެއް ކުރަންޖެހޭ މައިގަނޑު ސަބަބަކީ، ދިރާސީ އަހަރު ނިމި ޗުއްޓީއަށް ދިއުމަށްފަހު ބައެއް ބިދޭސީ މުދައްރިސުން އެނބުރި ނައުން ކަމަށެވެ. އަދި މިގޮތަށް ނާންނަ ޓީޗަރުންގެ ބަދަލުގައި އާ ޓީޗަރުން ނެގުމަށް ބެކަޕް ޓީޗަރުން މިހާރު ވެސް ތިބޭނެ ކަމަށް ވިދާޅުވިއެވެ.
ޓީޗަރުންތަކެއް ދަރިވަރުންނަށް މަރުހަބާ ކިޔުމަށް އެތުރިލައިގެން--ފޮޓޯ:ތައުލީމާބެހޭ ވުޒާރާ
މި އަހަރު ނިމުނުއިރު ޓީޗަރުން ހަމަވެފައިވުމަކީ، އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން މުދައްރިސުން ހަމަކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ 12،000 ހާހެއްހާ ޓީޗަރުންގެ ތެރެއިން 10،000 އަށްވުރެ ގިނަ ޓީޗަރުންނަކީ ދިވެހިންނެވެ. ދިވެހި މުދައްރިސުން އަދި މިއަށްވުރެވެސް އިތުރުކުރުމަށް ތައުލީމީ ވުޒާރާއިން ޚާއްސަ މަސައްކަތްތަކެއް ކުރައްވާކަމަށް ޝިފާޒް ފާހަގަކުރެއްވިއެވެ.
ދިރާސީ އާހަރު ފެށޭއިރު އިވޭ އަނެއްް ޝަކުވާއަކީ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ނުލިބުމެވެ. މިކަމާބެހޭ މައުލޫމާތު ދެއްވަމުން ތައުލީމީ ވުޒާރާގެ ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ޙަވާލުވެ ހުންނެވި ޢަލީ މުފީދު ވިދާޅުވީ، މިހާރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ވެސް ފޮތްތައް ޙަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ދިރާސީ އާ އަހަރު ފެށޭއިރު ހުރިހާ ދަރިވަރުންނަށް ވެސް ފޮތްތައް ލިބޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރު މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ކުރީގައި އޮތް ގޮތަށް ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލު ވާނީ 2026 ވަނަ އަހަރު އެވެ.