ENGLISH
21 އޭޕްރީލު 2025
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކޭސްތަކެއް އަތުލައިގެންފި
19 މާރިޗު 2025
|
އަތުލައިގެން ބަނގުރާ ކޭސްތައް / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހި ފުލުހުންގެ ޚިދުމަތުން ހުޅުމާލެ ފޭސް 1 ގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކޭސްތަކެއް އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ބަނގުރާ ކޭސްތަކެއް ހިފައިގެން ހުޅުމާލެ ލަކުޑި ޖެޓީ ކައިރީގައި މީހަކު އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިއްޔެ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ލަކުޑި ޖެޓީ ސަރަހައްދު ބަލައިފާސްކުރިއިރު ފޮށިގަނޑަކާއި ދަބަހެއް ފެނިފައިވާކަމަށާއި، އެ ދަބަހާއި ފޮށިގަނޑު ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ އަދި 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދާދިފަހުން ވެސް ވަނީ ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް އަތުލައިގަނެ، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދޫއާ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައި ފާސްކުރިއިރު، 1794 ފުޅި ބަނގުރަލާއި 1680 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.