ENGLISH

21 އޭޕްރީލު 2025

Advertisement

ޑެންމާކަށް ނޮން ރެޒިޑެންޓް ސަފީރަކަށް ގީލާ އަލީ އައްޔަނުކުރަން ފާސްކޮށްފި

19 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ސަފީރު ގީލާ (ފޮޓޯ/ ރައީސް އޮފީސް)

ދިވެހި ރާއްޖޭގެ ފަރާތުން ކިންގްޑަމް އޮފް ޑެންމާކަށް ނޮން ރެޒިޑެންޓް ސަފީރެއް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޑެންމާކަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް، ބެލްޖިމްގެ ސަފީރު ގީލާ އަލީ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ތަޅުމުގައި އިއުލާނުކޮށް ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ޑެންމާކުގެ ނޮން ރެޒިޑެންޓް ސަފީރަކަށް، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ގީލާ އައްޔަނުކުރުމަށް ފެންނަ ކަމަށް 65 މެމްބަރުން ވޯޓު ދެއްވި އެވެ.

ރާއްޖޭގެ ސިއްހީ އަދި ޚާރިޖިއްޔާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ގީލާ ވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުގެ މިނިސްޓަރ އެންޑް ޗާޖް އެފެއާސް މަޤާމާއި، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ ކައުންސެލާގެ މަޤާމު ވެސް މީގެކުރިން ފުރުއްވާފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީގެ މަޤާމާއި ކޮންސިއުލަރ ސާވިސެސްގެ ވެރިޔާގެ މަޤާމުވެސް އޭނާ ފުރުއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު