ENGLISH

21 އޭޕްރީލު 2025

Advertisement

ރޯދަ މަހުގެ ފަހު 10 އެއްގައި އިމިގްރޭޝަނުން ޚިދުމަތްދޭ ގަޑިތައް ޢާންމުކޮށްފި

19 މާރިޗު 2025

|

އާމިނަތު މައިހާ

ފޮޓޯ: ހޮޓެއިލާ މޯލްޑިވްސް

މޯލްޑިވްސް އިމިގްރޭޝަން އިން ރަމަޟާން މަހުގެ ފަހު 10 އެއްގައި ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފިއެވެ. 

އޭގެ ތެރޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތާއި، ވިސާގެ ޚިދުމަތާއި، އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތާއި ސީޕޯޓުގެ ޚިދުމަތް ހިމެނެއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ޕާސްޕޯޓަށް އެދި ހުށަހެޅުން އިމުގާ ޕޯޓަލް މެދުވެރިކޮށް، 24 ގަޑިއިރު ކުރިއަށްދާނެ ކަމަށެވެ. އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުން މާލޭ އޮފީހުން ކޮންމެ ދުވަހެއްގެ 09:15 އިން 13:00 އަށް ކުރިއަށްދާނެއެވެ. ނަމަވެސް މި ޚިދުމަތް ލިބިދެނީ ހަމައެކަނި 65 އަހަރުން މަތީގެ ފަރާތްތަކަށާއި އެހެނިހެން ޚާއްސަ ހާލަތްތަކުގައިކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އަތޮޅުތެރޭގެ އޮފީސްތަކުން ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުން 10:00 އިން 12:00 އަށް ކުރިއަށްދާނެއެވެ.

ފަހު 10 އެއްގައި ރަށްރަށުން ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ދުވަސްތައް:

  • ހއ. ދިއްދޫ - 24، 27 މާރިޗު
  • އައްޑޫ ސިޓީ - 23، 25، 27، 30 މާރިޗު
  • ލ. ފޮނަދޫ - 25، 27 މާރިޗު 
  • ކުޅުދުއްފުށި ސިޓީ - 23، 25، 27، 30 މާރިޗު
  • ހއ. އިހަވަންދޫ - 27 މާރިޗު
  • ތިނަދޫ ސިޓީ - 25، 27، 30 މާރިޗު
  • ފުވައްމުލަކު ސިޓީ - 24، 25 މާރިޗު 
  • ށ. ފުނަދޫ - 25 މާރިޗު
  • ރ. އުނގޫފާރު - 27 މާރިޗު
  • ދ. ކުޑަހުވަދޫ - 24 މާރިޗު

ވިސާގެ ޚިދުމަތަށް އެދި ހުށަހެޅުން އިމުގާ ޕޯޓަލް އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 9:00 އިން 17:00 އަށް ކުރިއަށްދާނެކަމަށް އިމިގްރޭޝަންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކޮންމެ ދުވަހަކު 9:05 އިން 10:00 އަށް ވޯކް ވިސާއަށް އެދި ޕާސްޕޯޓް ހުށަހެޅޭނެއެވެ. އަދި މިކަމަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓް ދޫކުރުން 11:00 އިން 12:30 އަށް ކުރިއަށްދާނެކަމަށް ބުނެފައިވެއެވެ. 

ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދި ޕާސްޕޯޓު ބަލައިގަތުމާއި، ވިސާ ޖަހައިދިނުމަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުން، އިމުގާ އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 9:00 އިން 17:00 އަށް ކުރިއަށްދާނެއެވެ. ވިސާއަށް އެދި ޕާސްޕޯޓް ބަލައިގަނެ ވިސާ ޖަހައިދިނުން ކުރިއަށްދާނީ 9:05 އިން 12:00 އަށެވެ. މި ޚިދުމަތް ކުރިއަށްގެންދާނީ އެޕޮއިންމެންޓް އުސޫލުންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހުކުރު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގެ 9:00 އިން 13:00 އަށް އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތްދެވޭނެކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.

ސީޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ:

  • ހުކުރު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތައް - 8:00 އިން 17:00 އަދި 21:00 އިން 00:00 އަށް 
  • ހުކުރު ދުވަސް: 14:30 އިން 17:00 އަށް އަދި 21:30 އިން 00:00 އަށް
ކިޔުންތެރިންގެ ހިޔާލު