ENGLISH
21 އޭޕްރީލު 2025
އިންސްޓޯލްމެންޓަށް ބަހާލައިގެން ރިސޯޓު ކުއްޔަށް ހިފާފައިވާ މުއްދަތު އިތުރުކުރެވޭ ގޮތަށް ފާސްކޮށްފި
19 މާރިޗު 2025
|
ރިސޯޓެއް (ފޮޓޯ/ މައިނާ ހޮޓެލްސް)
އިންސްޓޯލްމެންޓަށް ބަހާލައިގެން ފައިސާ ދައްކައިގެން ވެސް ރިސޯޓުތައް ކުއްޔަށް ހިފާފައިވާ މުއްދަތު އިތުރުކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ހުށަހެޅުއްވި މި ބިލު ދިރާސާކުރީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީންނެވެ. އެ ބިލު ދިރާސާކުރުމަށް ފަހު ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ކޮމިޓީން ގެނަައި އިސްލާހުތަކާ އެކު އެ ބިލު ފާސްކުރުމަށް ވޯޓު ދެއްވީ 55 މެމްބަރުންނެވެ. ހަތް މެމްބަރުން ބިލާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
އެ ބިލުގައި ހިމަނާފައިވާ އެންމެ މުހިއްމު އެއް އިސްލާހަކީ ބިން، ފަޅު އަދި ރަށްރަށުގެ މުއްދަތު އިތުރުކުރުމަށް ގާނޫނުން ލުއި ދީފައިވާ މުއްދަތު އިތުރުކުރުމެވެ. އެގޮތުން އެ އިސްލާހުގައި ބުނެފައިވަނީ:
މި ބިލަށް ކޮމިޓީން ގެނެސްފައިވާ އެންމެ ބޮޑު އެއް އިސްލާހަކީ، އިންސްޓޯލްމެންޓަށް ބަހާލައިގެން ފައިސާ ދައްކައިގެން ކުއްޔަށް ހިފާފައިވާ މުއްދަތު އިތުރުކުރެވިދާނެ ގޮތްތައް ހިމެނުމެވެ. އެ އިސްލާހުގައި ބުނެފައިވަނީ:
މިގޮތަށް މުއްދަތު އިތުރުކޮށްދެވޭނީ، އިސްލާހުގައިވާ ގޮތުން ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ބަޔާންކުރާ މުއްދަތުތަކުގައި ދެއްކުމުންނެވެ. އެ މުއްދަތުގައި އެ ފީގެ ފައިސާ ނުދެއްކިއްޖެނަމަ، މުއްދަތު އިތުރުކުރުމަށް ހުށަހެޅި ހުށަހެޅުން ބާތިލުވާނެ ކަމަށް އިސްލާހުގައިވެއެވެ. އަދި އެ ހާލަތުގައި، ފީގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ދޭން ނުޖެހުނަސް، ފީގެ ގޮތުގައި ދެއްކި ފައިސާ، ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ކެނޑިދާނެ ކަމަށް އެ އިސްލާހުގައި ވެއެވެ.
މީގެއިތުރުން، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުރަށް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް މި ބިލުގައިވެ އެވެ. އެ ބިލުގައިވާ ގޮތުން މިގޮތަށް ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގައި ތަރައްގީ ކުރެވޭނީ ޓޫރިސްޓް ގެސްޓް ހައުސް ނުވަތަ ޓޫރިސްޓު ހޮޓަލެވެ.
ޓޫރިޒަމްގެ ގާނޫނުގެ ފަސް ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކަކާ އެތްގޮތްވާ ގޮތުގެމަތިންނެވެ. އެ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ވަނީ "ސަރުކާރުން ކަނޑައަޅާ މުހިއްމު ސިޔާސަތެއްގެ ދަށުން" ވެސް ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވިދާނެ ކަމަށެވެ.