ENGLISH
21 އޭޕްރީލު 2025
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕްކުރާ ސާމާނު އަތުލައިގެންފި
19 މާރިޗު 2025
|
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު، ވޭޕްކުރަން ބޭނުންކުރާ، ދެހާހަށް ވުރެ ގިނަ ސާމާނު އަތުލަިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭ ގޮތަށް 2062 އައިޓަމް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.
އަދި މި ތަކެތި އަތުލައިގަނެފައި ވަނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި ތިން ފަސިންޖަރެއްގެ ލަގެޖުން ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
އަތުލައިގަތް ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.
ދިވެހިރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ގިނަ ބައެއްގެ ތަޢުރީފް ލިބުނެވެ. މިގޮތުން ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ބެލެނިވެރިންނާއި މުދައްރިސުން ވަނީ މި ނިންމެވުމަށް ތަޢުރީފްކޮށްފައެވެ.