ENGLISH
21 އޭޕްރީލު 2025
މިނިސްޓަރ ޑރ. ޚަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
19 މާރިޗު 2025
|
މިނިސްޓަރ ޚަލީލް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިހާރު ކުރިއަށްދާ ރައިސީނާ ޑައިލޮގް 2025 ގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފޮރިން މިނިސްޓަރ، ޑރ. އަބްދުالله ޚަލީލް މިއަދު މާލެ ވަޑައިގެންފިއެވެ.
މިނިސްޓަރު ޑރ. ޚަލީލް އިންޑިއާއަށް ވަޑައިގެންނެވީ މި މަހުގެ 17 އިން 19 އަށް ނިއުދިއްލީގައި ބާއްވާ "ރައިސީނާ ޑައިލޮގް"ގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ. މިނިސްޓަރ ޚަލީލްގެ މި ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އެސް. ޖައިޝަންކަރާއި ބައްދަލުކުރައްވައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރަކުރައްވާފައިވެއެވެ.
ރައިސީނާ ޑައިލޮގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ރައިސީނާ ޑައިލޮގް 2025 ގެ 10 ވަނަ އެޑިޝަންގެ ދަށުން ބޭއްވި ޕެނަލް ޑިސްކަޝަން "ކްލައިމެޓް ކެޓަކްލިޒަމް: ދަ އެޑަޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް" ގައި ވެސް ފޮރިން މިނިސްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރ ޚަލީލް ވަނީ މި މަޝްވަރާގެ ހަވާސާގައި އެހެން އިސް ޢިއްޒަތްތެރިންނާ ބައްދަލުކުރައްވާފައެވެ.
އަދި އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން ފޮރިން މިނިސްޓަރަށް އަލްވަދާއު ދެންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސްވެރިންނެވެ.