ENGLISH

08 އޭޕްރީލު 2025

Advertisement

އުސްފަސްގަނޑުގައި މިއަދު ހަދަންފެށި ބައިބަލާ ރިންގު، މިރޭ ނިމޭނެ

18 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

އުސްފަސްގަނޑުގައި ހަދާ ބައިބަލާ ރިންގްގެ މަސައްކަތް ކުރިޔަށްދަނީ-- ފޮޓޯ/ އެމްއެމްޓީވީ

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ފަރާތުން އުސްފަސްގަނޑުގައި މިއަދު ހަދަންފެށި ބައިބަލާ ރިންގް މިރޭ ނިމޭނެކަމަށް، އެސަރަހައްދުގެ މަސައްކަތް ބައްލަވާލުމަށް ވަޑައިގެންނެވި ބައެއް މަޖިލިސް މެމްބަރުން ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު މެންދުރު އުސްފަސްގަނޑު ސަރަހައްދުގައި ހުރެގެން އެމްއެމްޓީވީ އަށް މިކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން، މަޖިލީހުގެ މާލޭގެ ދާއިރާތަކަށް ނިސްބަތްވާ މެމްބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމާއި މެމްބަރު އަޙްމަދު ރަމީޒުވެސް ވަނީ މިކަން ފާހަގަ ކުރައްވާފައެވެ.

"އިރާދަކުރެއްވިއްޔާ މިރޭ މިތަނުގެ މަސައްކަތްނިމި ތަރާވީހަަަށްފަހު ޕްރެކްޓިސް ކުރަން ފެށޭނެ، ރައީސް އިރުޝާދު ދެއްވާފައިވާ ގޮތަކީވެސް މިރޭ މިތަނުގައި ޕްރެްކްޓިސް ކުރެވޭވަރު ކޮށްދިނުން،" މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޞްޠަފާ ވިދާޅުވިއެވެ. 

ކޮންމެ އަހަރެއްގެވެސް ބައިބަލާ މުބާރާތައް ތައްޔާރު ވަމުންދާ ދުވަސްވަރު، ޓީމުތަކަށް ފަރިތަކުރާނެ ތަނެއް ނުލިބުމުގެ ޝަކުވާތައް ގިނަވެއެެވެ. މިފަހަރުގެ މުބާރާތައް ތައްޔާރުވާ ބަައެއް ޓީމުތަކަށް ޕްރެކްޓިސް ކުރާނެ ތަނެއް ދެއްކުމަށް ސިޓީ ކައުންސިލުގައި އެދުމުން، ދިން ބިމަކީ ޕާކުކުރާނެ ސަރަަހައްދެއް ހެދުމުގެ ނަމުގައި، އެތަނުގައިވާ ގަބުރުތައްނަގާ ސާފުކުރަން ފަށާފައިވާ މާފަންނު ސަހަރާއެވެ.

މާފަންނު ސަހަރާގައި ހެދި ބައިބަލާ ރިންގް--ފޮޓޯ: މީސް މީޑިޔާ

ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު، މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމެއްގެ ފަރާތުން އިއްޔެވަނީ މާފަންނު ސަހަރާގައި ބަައިބަލާ ރިންގެއްހަދާ ނިންމާފައެވެ. ނަމަވެސް މިކަމަށް އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމާ ގުޅިގެން އެތަން ހުސްކޮށް، ކުޅިވަރު ކުޅުމަށް ނުދޭން ސިޓީ ކައުންސިލުން ނިންމިއެވެ.

ސިޓީ ކައުންސިލަށް މިކަމަށް އެކަށީގެންވާ ހައްލެއް ހޯދައިނުދެވުމުގެ ސަބަބުން، ޒުވާުނުންގެ ކަންބޮޑުވުންތައް މާލޭގެ ދާއިރާތަކަށް ނިސްބަތްވާ ޕީއެންސީގެ މަޖްލިސް މެމްބަރުންގެ ބައިވެރިވުމާއެކު ރައީސް ޑރ. މުޢިއްޒަށް ހުށަހެޅިއެވެ. މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައީސް އެންގުވުމުން މިނިސްޓްރީ އޮފް ސިޓީޒް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އިސްވެހުރެ، މިއަދު އުސްފަސްގަނޑުގައި ބައިބާލާ ކުޅޭނެ ތަނެއް ހެދުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މިނިސްޓްރީ އޮފް ސިޓީޒް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މުވައްޒަފުން މަސައްކަތުގައި-- ފޮޓޯ/ އެމްއެމްޓީވީ

މަޖްލިސް މެމްބަރުންވަނީ މިކަމަށް ރައީސް ޑރ. މުޢިއްޒު ހޯދަައިދެއްވި އަވަސް ހައްލު ފާހަގަކުރައްވާފައެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން މިކަން ތަންފީޒުކުރުމުގައި ސިޓީޒް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް ކުރައްވާ ބުރަ މަސައްކަތައްވެސް ޝުކުރާއިއެކު ފާހަގަކުރަައްވާފައެެވެ.

"ރޭގަަ އެމްޕީ މުޞްޠަފާ އަދި ޑެޕިއުޓީ މޭޔަރު، މިކަމުގެ ކަންބޮޑުވުން ރައީސަށް ހުށަހެޅުމުން، ރައީސްގެ އިސްނެންގުވުމަކުން، ސިޓީޒް މިނިސްޓްރީއާ ހަވާލުކުރެވުމުން، މިނިސްޓަރުވަނީ މިކަން ވީއެެންމެ އަވަހަކަށް ފެށުމަށް މިނިސްޓްރީގެ މުއައްޒަފުންނަށް އިރުޝާދުދީ މިއަދު ހެނދުނު މި މަސައްކަތްފަށާފައި. މިނިސްޓްރީގެ މުއައްޒަފުން މައުލޫމާތުދޭ ގޮތުގައި މިރޭ ތަރާވީހަށްފަހު އެތަނުގައި ޕްރެކްޓިސް ކުރެވޭނެކަމަށް" މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު ވިދާޅުވިއެވެ.

މަސައްކަތް ކުރާ ސަރަހައްދުގައި ހުންނެވި ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝްގެ ފަރާތުން މިކަމަށް ލިބޭ އެއްބާރުލުންވެސް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

އެމްއެމްޓީވީއަށް މައުލޫމާތު ދެމުން ޑެޕިއުޓީ މޭޔަަރު ވިދާޅުވީ، މާފަންނު ސަހަރާގައި ބައިބަލާ ކުޅޭތަނެއް ހެދިއިރު، ކައުންސިލްގައި ކަމާގުޅޭ މަޝްވަރާތައް އެކަށީގެންވާވަރަށް ކުރެވިފައި ނުވާކަމަށެވެ. ޑެޕިއުޓީ މޭޔަރުވެސް ވަނީ ޒުވާނުންގެ ކަންބޮޑުވުން ހައްލުކުރުމަށް ރައީސް މިއެޅުއްވި އަވަސް ފިޔަވަޅު ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު