ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، މަޖިލިސް ކޮންޓްރޯލެއް ނުކުރައްވާ: މަޖިލީހުގެ ރައީސް

18 މާރިޗު 2025

|

ޢަލީ ޝަހީމް

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ނުކުރައްވާ ކަމަށާއި، 20 ވަނަ ރައްޔިތުންގެ މަޖިލިސް ހިނގަނީ، ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލިސް ކޮންޓްރޯލް ކުރައްވާކަމަށް ވިދާޅުވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުއެވެ.

މައުރޫފް ޒާކިރު ވިދާޅުވީ މަޖިލީހުގެ ކޮންޓްރޯލްގެ އިތުރުން މަޖިލިސް ރައީސް ވެސް ކޮންޓްރޯލް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.

"ރައްޔިތުންގެ މަޖިލީސް ހިންގަމުން މިދަނީ ރައްޔިތުންގެ މަޖިލީސް ހިންގަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން. ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް އޮތްގޮތަށް، މުޅި މަޖިލިސްގެ ކޮންޓްރޯލް އޮތްގޮތަށާއި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިން މީހަކު ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލް ކުރާކަމަށް ތި ވިދާޅުވާ ވިދާޅުވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ވިދާޅުވުމެއް ނޫން،" މަބްރޫކް ޒާކިރަށް ރައްދުދެއްވަމުން ލ. ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަވާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި، މި ނިޒާމުގެ ތެރޭގައި އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އެހެންކަމުން، މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމުކުރެވިފައިވާނީ ފާރަވެރިވެގެންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަ މެޖޯރިޓީ މިތާ އޮތުމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މިތަން ކޮންޓްރޯލް ކުރާކަމަށް ވިދާޅުވެވޭނެ ސަބަބެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޖަލްސާގައި މެމްބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ "ބޮޓުންތަކެއް" ގޮތަށް ސިފަކުރައްވައި ވާހަކަދެއްކެވުމުން މަޖިލިސް ރައީސް ވަނީ މަޖިލީހުގެ މެމްބަރުންނަށް އިހާނެތިކޮށް ހިތައި، އެ މޭރުމުން މުޚާތަބު ނުކުރެއްވުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު