ENGLISH
21 އޭޕްރީލު 2025
ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
18 މާރިޗު 2025
|
މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް، ބައްދަލުވުމުގައި.. ފޮޓޯ:މިނިސްޓަރ އޮފް ހެލްތު
ސަރުކާރުގެ އަމާޒާ އެއްގޮތަށް ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް އާއި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ.ޢާއިޝަތު ޝިހާމްގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އާސަންދަ އަދި އެންސްޕާގެ އިސްވެރިން ވަނީ ބައިވެރިވަޑައިގަތެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލައިފައިވަނީ ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައިވެއެވެ.
މީގެ އިތުރުން، ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ މާކެޓްތަކުން ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ކުރެވެން ހުރި މަސައްކަތްތަކާއި، ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޭސް އެތެރެކުރާއިރު، ސަރުކާރުން ވައުދުވެފައިވާ ފަދައިން ކޮލިޓީ ރަނގަޅު ބޭސް ގެނައުމާއި، އެނިޒާމުގެ ތެރެއިން ގެނެވޭ ބޭސްތަކާއި ގުޅޭގޮތުން މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައިވެއެވެ.
މިއީ މިނިސްޓްރީ އޮފް ހެލްތާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އެންސްޕާ އަދި އާސަންދަ ގުޅިގެން ކުރިއަށްގެންދާ ސެޝަންތަކެކެވެ.