ENGLISH

21 އޭޕްރީލު 2025

Advertisement

ފަރުމަސް އާލާކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

18 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

މިދިޔަ އަހަރު ބޭއްވި މެރިން ހެޗަރީ ޕްރޮގްރާމްގެ ތެރެއިން. -ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ނަމުގައި ހިންގާ މި ޕްރޮގްރާމް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ، މި ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)ގެ ފަރާތުން ހިންގާ ޕްރޮގްރާމެއްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

އަންނަ އެޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކ. މަނިޔަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ދަސްކޮށްދޭނެއެވެ.

ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިން ކ. މަނިޔަފުށީގައި ތިބުމަށް ހަމަޖެހިފައިވާއިރު، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އަދި ކޯހުގެ ބޭނުމަށް މާލެ އާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތައް މެރިން ރިސަރޗް އިންސްޓިޓިއުޓުގެ ފަރާތުން ހަމަޖައްސައިދޭނެކަމަށް ވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މި ޕްރޮގްރާމްގައި ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމުގެ ފިލާވަޅުތައް ހިމަނާފައިވެއެވެ.

މި ޕްރޮގްރާމްގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 15 ބައިވެރިންނަށެވެ. ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޭޕްރިލް 2025 ވަނަ ދުވަހުގެ 14.00ގެ ކުރިން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހަޅަންޖެހޭނެއެވެ.

ކޮންމެ އަހަރަކު ދެފަހަރު ބާއްވަން ނިންމާފައިވާ މި ޕްރޮގްރާމްގައި، މިދިޔަ އަހަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން 15 ފަރާތެއް ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު